Back

ދެއްކުން

2021-04-04 .

އެހެންކަމުން ހެޔޮކަމެއްފެށޭއިރާއި އަދި ކުރެވެމުންދާއިރު ތިމާގެ ނިޔަތް ޙާލިޞްކުރަން ވަރަށް ޙާއްޞަ އަހަންމިއްޔަތުކަމެއް ދޭންޖެހެއެވެ. މިކަމަށް ބާރުދިނުމުގެ ގޮތުން ކޮންމެ މުޙިއްމުކަމެއް ފަށާއިރު ﷲ ތަޢާލާގެ އިސްމުފުޅުން ފެށުމަށް އިސްލާމްދީން އިރުޝާދުދެއެވެ. އާދަވެގެން ކުރާ ކަންތައްތައް ކަމުގައިވާ ކެއިންބުއިން، ނިދުން، އަނބިފިރިކަމުގެ ގުޅުން ހިންގުން އަދި މީގެ އިތުރުން ފާހާނާއަށް ވަދެ ނުކުމެއުޅުމުގައި ކިޔުމަށް ޙާއްޞަ ދުޢާތަކެއް ނަބިއްޔާ صلى الله عليه وسلم ވަނީ އުނގަންނައިދެއްވާފައެވެ. އެއީ މިފަދަ އާދަތައް ވެސް އަޅުކަމުގެ ގޮތުގައިދެކި، ﷲ ތަޢާލާ ދެނެގަތުމުގެ ޝައުޤުވެރިކަން މުސްލިމުންގެ ހިތްތަކުގައި އުފެއްދުމުގެގޮތުންނެވެ. ‘ތަޤްވާ’ އޭ ކިޔެނީ މި ދެނެންނެވި ފަދައިން ﷲ ތަޢާލާ ދެނެގަތުމަށެވެ. އެއީ ފުރިހަމަ ގޮތުގައި ނިޔަތް ޚާލިޞްކުރުމަށްޓަކައެވެ.